ބޭރު ޞަފުޙާ

ގުޅުއްވަން

ފޮތް

މަޒުމޫނު

ފަތުވާ

ޚަބަރު

ތަޢާރުފު

 

 

މުސްލިމުންގެ ޚަބަރު

 
 
 
 
 
 
 
 
 
 

 

 

 

24 ރަބީޢުލްއައްވަލް 1431

10 މާރޗް 2010

ޝައިޚުލް އަޒުހަރު، އަލްއިމާމުލް އަކުބަރު އަވަހާރަވެއްޖެ
 

 

ޝައިޚުލް އަޒުހަރު، ފަޟީލަތުލް އިމާމުލް އަކުބަރު، ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ އަވަހާރަވެއްޖެ އެވެ. ޝައިޚު އަވަހާރަވީ، ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ކުރެއްވި ދަތުރުފުޅެއް ނިމުމުގެ ކުރިންނެވެ.


އައްޝަރުޤުލް އައުސަޠު ނޫސް އޭޖެންސީން ޚަބަރުދޭ ގޮތުގައި، ޝައިޚުލް އަޒުހަރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި، ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގަ އެވެ. ޝައިޚު އަވަހާރަވީ، ކުއްލިއަކަށް ކުރިމަތިވި ހިތުގެ އާލާސްކަންފުޅެއްގައި ކަމަށް ވެސް އެފަރާތުން ބުނެފައި ވެ އެވެ.


ޝައިޚުލް އަޒުހަރު، ރިޔާޟަށް ވަޑައިގެންނެވީ، އިއްޔެ ހަވީރު އެވެ. ޝައިޚު، ރިޔާޟަށް ވަޑައިގެންނެވީ، ކިންގް ފައިޞަލް އިންޓަރނޭޝަނަލް އިނާމު ދިނުމުގެ އިޙުތިފާލުގައި ބައިވެރިވެވަޑައިގަތުމަށެވެ.


ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ، ޝައިޚުލް އަޒުހަރުގެ މަޤާމު ފުރުއްވަމުން ގެންދަވަނީ، 1996 ވަނަ އަހަރުން ފެށިގެންނެވެ. ކުރިން އެމަޤާމުގައި ހުންނެވީ، ފަޟީލަތުއް ޝައިޚު ޖާދުލްޙައްޤު ޢަލީ ޖާދުލްޙައްޤެވެ.


އަވަހާރަވިއިރު، ޝައިޚުގެ ޢުމުރުފުޅަކީ، 81 އަހަރެވެ. ޝައިޚު، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، މިޞްރުގެ ޞަޢީދުގައި، 1928 ވަނަ އަހަރު އެވެ.


މާތް ﷲ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ! އާމީން!

މަޞްދަރު:

ބީބީސީ.
އައްރިޔާޟު ދުވަހު ނޫސް.

 

 
 

 

 

ކުއްލިއްޔާ މަޖިލިސް

ކުއްލިއްޔާ މަޖިލިސްގެ ޤަވާޢިދު

އެކަޑެމިކް ބޯޑް

އެކަޑެމިކް ބޯޑުގެ ޤަވާޢިދު

ކުއްލިއްޔާގެ ޤަވާޢިދު

ދަރިވަރުންގެ ޤަވާޢިދު

 

ފެކަލްޓީ އޮފް ހޯލީ ޤުރުއާން

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ފެކަލްޓީ އޮފް އިސްލާމިކް އެޑިޔުކޭޝަން

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ފެކަލްޓީ އޮފް ދަޢުވާ

ފެކަލްޓީ އޮފް ހިއުމެނިޓީސް

 

މުއައްޒަފުން

އަރުޝީފު

އިސް ދަރިވަރުން

އަހަރު ރިޕޯޓް

ޑައުންލޯޑްކުރައްވަން

 

 

ހަފުތާގެ ޙިކުމަތް

 

އިޢުލާން

ދިރާސީ ކަލަންޑަރު

ހުސް ވަޒީފާ

ފޯމު

މުސްލިމުންގެ ޚަބަރު

 

މުސްލިމުންގެ ދުޢާ

އަޅަމެންގެ ވެރި ރަސްކަލާކޮ! ދުނިޔޭގައި ވެސް ހެޔޮކަން، އަދި އާޚިރަތުގައި ވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!

އިތުރަށް ...

 

ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ، ވައިލެޓްމަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3317672، ފެކްސް: 3313953